ބޭބެ ނިޔާވިތާ 24 ގަޑިއިރު ނުވެ ކޮއްކޮ ވެސް ނިޔާވެއްޖެ
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 10:53
ބ. އޭދަފުށީގައި އިއްޔެ އެ ރަށުގެ ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރު ނުވެ އޭނާގެ އަންހެން ކޮއްކޮ މިއަދު ނިޔާވެއްޖެ އެވެ.
އޭދަފުށީގެ ރަށުގެ ލޭންޑުމާކުގެ ގޮތުގައި މިހާރު ބަލަމުން އަންނަ ހިތްގައިމު މިސްކިތް ބިނާކުރެއްވި ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި އިއްޔެ ހަވީރު ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ނިޔާވި އިރު 13 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.