ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

މިހާރު

1 ޑިސެމްބަރު 2025 | ހޯމަ | 12:28

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، ބީއެމްއެލްއަށް 15 އަހަރާއި 20 އަހަރާއި 30 އަހަރު އަދި 40 އަހަރު ހިދުމަތްކުރި މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އެ ހަފްލާގައި 43 މުވައްޒަފަކަށް އެވޯޑު ދިނެވެ.

ބީއެމްއެލްއަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމަށް ހާއްސަ އެވޯޑެއް އެރުވި އެވެ. އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްފައިވާ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފަށް ވެސް ވަނީ އެވޯޑެއް އެރުވި އެވެ.

މައުޟޫޢުތަށް