ޑްރަގް ބޮޑެއް ބަންދުން ދޫކޮށްލި ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 11:52
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވެފައި ވާތީ އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
ގާޒީ ފާއިޒު ވަކިކުރުމުގެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން ޖޭއެސްސީން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.