ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރާ ބިލު ފާސްކޮށްފި
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 11:51
ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމް ކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު ޑރ. އަނާރާ ނައީމް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ.
މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވައި، ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.