48 ގަޑިއިރު ތެރޭގައި ފުލުހުން 100 ވެހިކަލް ޓޯކުރި
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 12:21
ދެ ދުވަހުގެ ތެރޭގައި މާލޭ ސަރަަހައްދުން 100 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މާލެއިން އެކަނިވެސް 62 އުޅަނދެއް ޓޯކުރި އެވެ. އެއީ ދެފުރޮޅުލީ 60 އުޅަނދާއި ހަތަރުފުރޮޅުލީ 2 އުޅަނދެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެއިން 38 ސައިކަލު ވަނީ ޓޯކޮށްފަ އެވެ. އޭގެ ތެރެއިން 30 ސައިކަލު ޓޯކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުން ކަމަށާއި ފަސް ސައިކަލު ޓޯކުރީ ލައިސަންސް ނެތި ދުއްވުމުން ކަމަށް ފުލުހުން ބުންޏެވެ.