ކާޑިއެކް ސެންޓަރު ހިންގަން 10 އަހަރު ފަހުން އައިޖީއެމްއެޗަށް
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 2:19
އައިޖީއެމްއެޗްގައި ހިންގާ ކާޑިއެކް ސެންޓަރު، އެ ހޮސްޕިޓަލުން އަމިއްލައަށް ހިންގަން ފަށައިފި އެވެ.
ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު ހިންގަމުން އައީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކޮށްގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށް ހަވާލުކުރި ސެންޓަރުގެ މުއްދަތު މިދިޔަ މަހުގެ 15 ގައި ވަނީ ހަމަވެފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ސެންޓަރު މިހާރު ހިންގަމުން އަންނަނީ ސީދާ އެ ގްރޫޕުގެ ދަށުން ކަމަށެވެ. ނަމަވެސް، ރިސްކު ބޮޑު ޕްރޮސީޖާތައް ހެދުމަށް އިންޑިއާގެ އެހީ ހޯދުމުގެ ވިސްނުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.