ނަތީޖާ ދަށްވެ އަލޮންސޯ އަށް ޕްރެޝަރު ބޮޑުވެއްޖެ
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 1:37
ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ 1-1 އިން ރެއާލް މެޑްރިޑް އެއްވަރުވެ، އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުމުން އެ ޓީމުގެ ކޯޗު ޒަބީ އޮލޮންސޯ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު އެއްވަރުވެ ރެއާލް މިހާރު އޮތީ 33 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ވާދަވެރި ބާސެލޯނާ އެވެ.
ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އެ ޓީމުންނެވެ. ރެއާލަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި ޕެނަލްޓީއަކުން ކީލިއަން އެމްބާޕޭ އެވެ.