މިދިޔަ މަހު ޓޫރިސްޓުން އައި އަދަދަށް 13 ޕަސެންޓުގެ ކުރިއެރުމެއް
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 2:41
މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 13 ޕަސެންޓު އިތުރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ވަނީ 195،127 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައި 172،987 ޓޫރިސްޓުންނާ އަޅާބަލާއިރު، 12.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ މަހު، ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އޮކްޓޯބަރު މަހަށް ވުރެ ވަނީ އިތުރުވެފަ އެވެ. މިގޮތުން، މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް އެވަރެޖުކޮށް 6،504 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.