ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ޕްރައިމަރީ އަށް ކުރިމަތިލާން ޕީއެންސީން ހުޅުވާލައިފި

މިހާރު

1 ޑިސެމްބަރު 2025 | ހޯމަ | 2:13

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރުގެ މާޗު މަހުގެ 28 ގައި ބާއްވާ އެ އިންތިހާބުގައި ޕީއެންސީ މެދުވެރިކޮށް ސިޓީއެއްގެ މޭޔަރު ކަމަށާއި ކައުންސިލު މެމްބަރުކަމާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް އަދި ރަށު ކައުންސިލުގެ ރައީސް ކަމާއި މެމްބަރުކަމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕީއެންސީން ވަނީ އެކަމަށް އެދި ކުރިމަތިލުމަށް ހަދާފައިވާ ކެންޑިޑޭޓުންގެ ޕޯޓަލްގެ ކިއުއާރު ކޯޑު އާންމުކޮށް، އެ އަށް ލޮގިންކޮށްގެން އެޕްލިކޭޝަނަށް ހުޅުވާލައިފަ އެވެ. އަދި ޕާޓީގެ ވެބްސައިޓުން ވެސް އެޕްލިކޭޝަން ފޯމު ލިބޭނެ އެވެ.

މައުޟޫޢުތަށް