ހާލުގައި ޖެހުނު ލަންކާއަށް ދިވެހިންގެ ފަރާތުން 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ

މިހާރު

1 ޑިސެމްބަރު 2025 | ހޯމަ | 3:46

ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯން މިއަދު ނިންމާލި އިރު 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ މީޑިއާތަކުގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިއަދު މެންދުރު ފަހު 2:00 ގައި ނިންމާލި އިރު 10،892،357.82ރ. އަދި 43،631.31 ޑޮލަރު (672،795ރ.) ލިބިފައިވެ އެވެ. މިއީ ޖުމްލަ 11.5 މިލިއަން ރުފިޔާ ކަމަށް ވާއިރު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ އަދި ގުނާ ނުނިމޭތީ، މި އަދަދު އަދިވެސް އިތުރުވާނެ އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު "މިހާރު" އަށް ވިދާޅުވީ އެއީ މެންދުރު 2:00 އާ ހަމައަށް ހަމައެކަނި ޓެލެތޯންގެ ބޭންކް އެކައުންޓްތަކަށް ޖަމާވެފައި ހުރި ފައިސާގެ އަދަދުތައް ކަމަށެވެ.

މައުޟޫޢުތަށް