އެލިއާއިން ލަންކާއަށް 20،000 ޑޮލަރު
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 3:26
ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމުގެ ގޮތުން އެލިއާ އިން އެ ގައުމަށް 20،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
އެލިއާގެ ފަރާތުން އެ އެހީ ސްރީ ލަންކާގެ ހައިކޮމިޝަނާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއެފްއޯ ސަމަން ޕުޝްޕަކުމާރާ އެވެ. ސްރީ ލަންކާ ހައި ކޮމިޝަންގެ ފަރާތުން އެ އެހީއާ ހަވާލުވެ ވަޑައިގަތީ ސްރީ ލަންކާގެ ހައި ކޮމިޝަނަރު މުހަންމަދު ރިޒްވީ ހަސަން އެވެ.
އެލިއާ އިން ބުނީ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު އެއީ ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެއް ކަމަށެވެ. އެހެންވެ، އެ ގައުމަށް އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަކަށް ވާތީ މި އެހީ ދޭން ނިންމީ ކަމަސް ބުންޏެވެ.