ލަންކާއަށް އެހީވާން ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 4:16
ސްރީ ލަންކާއަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދިޔަ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ޖުމްލަ 2.4 މިލިއަން ރުފިޔާ އެ އިދާރާ އިން ވަނީ ލަންކާއަށް އެހީވާން ހަދިޔާކޮށްފަ އެވެ. މިއީ އެއް އިދާރާއަކުން ދިން އެންމެ ބޮޑު އެހީތެރިކަމެވެ.
ޓެލެތޯނަށް ދެވަނައަށް އެންމެ ބޮޑު އެހީތެރިކަމެއްވީ ސިފައިންނެވެ. އެ އިދާރާ އިން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.