ސްރީލަންކާއަށް އެހީވާން ވިލާއިން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި

މިހާރު

1 ޑިސެމްބަރު 2025 | ހޯމަ | 7:22

ސްރީލަންކާއަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވިލާ ކުންފުނިން އެއް ލައްކަ ޑޮލަރު (1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ) މިއަދު ހަދިޔާކޮށްފި އެވެ.

ސްރީލަންކާއަށް އެރި ތޫފާން ދީތުވާގެ ސަބަބުން އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ އަދި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެހެންވެ، އެ ގައުމަށް އެހީވުމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.

ވިލާ ކުންފުނީގެ ފަރާތުން ދޭ އެއް ލައްކަ ޑޮލަރުގެ ރަމްޒީ ޗެކް މިއަދު ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ ޗެއާމަން ކަމަށްވާ ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި އެ ކުންފުނީގެ ސީއީއޯ ސިޔާދު ގާސިމެވެ. އަދި ޗެކާ ހަވާލުވެ ވަޑައިގަތީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަނެވެ.

މައުޟޫޢުތަށް