ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދެ މީހަކަށް ދައުވާކޮށްފި

މިހާރު

1 ޑިސެމްބަރު 2025 | ހޯމަ | 9:35

ފެނަކަ ކޯޕަރޭޝަންގެ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރަން ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ފައިސާ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ.

އެހެންވެ، އެ މައްސަލާގައި ދައުވާކުރީ އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުރި ޏ. ފުވައްމުލަކު ހޯދަޑު މައިޒާން، މަރިޔަމް ދީނާ ސޯލިހާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ހެޑަކަށް ހުރި މ. ފެހިވިދުވަރުގޭ އިސްމާއިލް ޝަމްއޫނަށް ކަމަށް ޕީޖީން ބުންޏެވެ.

މައުޟޫޢުތަށް