އޭ-320 ގެ މެޓަލް ޕެނަލްތަކުގެ ފެންވަރު ދަށް ކަމަށް އެއާބަސް އިން އެއްބަސްވެއްޖެ

މިހާރު

2 ޑިސެމްބަރު 2025 | އަންގާރަ | 6:32

އެއާބަސްގެ އޭ-320 މަރުކާގެ މަތިންދާބޯޓްތަކުގެ މެޓަލް ޕެނަލްތަކުގައި ފެންވަރުދަށްވުމުގެ މައްސަލަ އެބަހުރި ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.

އެއާބަސްގެ އެންމެ މަގުބޫލު މަތިންދާބޯޓްތައް ކަމަށްވާ އޭ-320 މަރުކާގެ މަތިންދާބޯޓްތަކުގައި އެ މައްސަލަ ހުރިކަން ކަށަވަރު ކުރެވުނު ކަމަށް އެއްބަސްވި ނަމަވެސް އެއާބަސް އިން ބުނީ އެ މަރުކާގެ މަތިންދާބޯޓްތަކުގައި އެ މައްސަލަ އޮތީ އިތުރަށް ގޯސްނުވެ ހިފެހެއްޓިފައި ކަމަށެވެ.

"އޭ-320 ގެ މަދު މަތިންދާބޯޓްތަކެއްގެ މެޓަލް ޕެނަލްގައި ސަޕްލަޔަރުންގެ ފަރާތުން ކުރިމަތިވި، ފެންވަރު ދަށްވުމުގެ މައްސަލަަތަކެއް ހުރިކަން އެއާބަސް އިން ކަށަވަރުކޮށްދެން،" ކުރިން ފެތުރިފައިވާ ބައެއް މީޑިއާ ރިޕޯޓްތަކަކީ ތެދެއް ކަމަށް އިޝާރާތްކޮށް އެއާބަސްގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުންޏެވެ.

މައުޟޫޢުތަށް