ފުރަން އުޅެނިކޮށް ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 11:16
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަހުން އޭނާ ފުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.
ރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ފުލުހުންނަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެ މައްސަލާގައި ސުވާލު ކުރުމަށް އޭނާ މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ފުލުހުން މިރޭ ބުނިގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށެވެ.