ނުވެސް އެނގި ތިއްބާ ރާޖް އާއި ސަމަންތާ ކައިވެނިކޮށްފި
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 6:41
އިންޑިއާގެ ފިލްމު އުފެއްދުންތެރިޔާ ރާޖް ނިދިމޮރޫ އާއި ދެކުނު އިންޑިއާގެ ފިލްމުތަކާއި ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ސަމަންތާ ރޫތު ޕްރަބޫ އިއްޔެ ކައިވެނިކޮށްފި އެވެ.
ރާޖް އާއި ސަމަންތާ ކައިވެނިކުރިކަން މީޑިއާގެ ސަމާލު ކަމަށް އެންމެ ފުރަތަމަ އައީ ރެޑިޓްގައި މީހަކު އިއްޔެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އޭގެ ކުރިން އެ ކައިވެންޏާ ގުޅޭ އެއްވެސް ވާހަކައެއް މީޑިއާތަކަށް އެނގިފައެއް ނުވެ އެވެ.
އެ ޕޯސްޓާ ގުޅިގެން ވަރަށް ގިނަ މީޑިއާތަކުން ސުވާލުކުރަމުން ދަނިކޮށް ސަމަންތާ ވަނީ ކައިވެނީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އިއްޔެ ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުން އެނގޭ ގޮތުގައި، އެމީހުން ކައިވެނިކުރީ އިއްޔެ އެވެ.