އެފްއޭއެމް އަންހެން ލީގުގެ ކޮންމެ ޓީމަކަށް ފީފާ މެދުވެރިކޮށް 100،000ރ.
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 8:03
އެފްއޭއެމުން އިއްޔެ ފެށި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100،000ރ ގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފި އެވެ.
އެފްއޭއެމުން ބުނީ އެ ފައިސާ ފޯރުކޮށްދެނީ ފީފާގެ އެހީތެރިކަމާ އެކު ކަމަށެވެ. ފީފާގެ ޕެކޭޖް މެދުވެރިކޮށް ޖުމުލަ 600،000ރ ގެ ޕެކޭޖް ބަހާލާނީ މުބާރާތުގައި ވާދަކުރާ ހަ ޓީމަށެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގްގެ ދައުވަތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންނެވި އެވެ. ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ދެއްވި އެވެ.