ތިން ތަނުން ފަށްޖެހޭ ފޯނެއް ސެމްސަންގުން ނެރެފި، އަގަކީ 2،443 ޑޮލަރު
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 11:07
ތިން ތަނުން ފަށްޖެހޭ ގޮތަށް ހަދާފައިވާ "ސްޕެޝަލް އެޑިޝަން" ފޯނެއް ސެމްސަންގުން މިއަދު ބާޒާރަށް ނެރެފި އެވެ.
"ގެލެކްސީ ޒެޑް ޓްރައިފޯލްޑް" މި މަހުގެ 12 އިން ފެށިގެން ވިއްކަން ފަށާ ގޮތަށް ނިންމާފައި ވާއިރު މިއީ އާންމު ކަސްޓަމަރުންގެ އަތްފޯރާ ވަރުގެ އުފެއްދުމެއް ނޫނެވެ. އެންމެ ފަހުން އެޕަލް އިން ނެރުނު އައިފޯން 17 ގެ އަގަށް ވުރެ ސެމްސަންގު ފޯނުގެ އަގު ދެ ގުނަ ބޮޑެވެ. އެއީ 2،443 ޑޮލަރެވެ.
ވަރަށް ތުނިކޮށް ހަދާފައިވާ މި ފޯނު އެއްކޮށް ހުޅުވާލުމުން 10 އިންޗި (25.4 ސެންޓިމީޓަރު) ގެ ޑިސްޕްލޭއެއް ގޮތަށް ބޭނުންކުރެވެ އެވެ. އެހެންވެ މިއީ އެކި މަސައްކަތްތަކުގައި ބޭނުންކުރެވޭނެ މުހިންމު އާލާތެއް ކަމަށް ސެމްސަންގުން ބުންޏެވެ.