ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ފުރަތަމަ އެވޯޑު ޑރ. ނާއިލާ އަށް

މިހާރު

2 ޑިސެމްބަރު 2025 | އަންގާރަ | 2:48

ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ ޖަމިއްޔާގެ "ޕޭޝަންޓު ކެއާ" ގެ ފުރަތަމަ އެވޯޑު، އަންހެނުންގެ ބަލިތަކުގައި ރާއްޖޭގެ ފުރަތަމަ ޑރ. ނާއިލާ މުހައްމަދު ދީދީ އަށް ރޭ އެވޯޑް ދީފި އެވެ.

އެ ޖަމިއްޔާއިން ބޭއްވި ގާލާ ނައިޓުގައި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ކޯ-ފައުންޑަރު އަދި އަންހެނުންގެ ސިއްހަތާއި ދަރިމައިވުމުގެ ކަންކަމުގައި ފަރުވާ ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ނާއިލާ އަށް އެ އެވޯޑު ހަވާލު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެ ރަސްމިއްޔާތުގައި، ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ފައުންޑަރު އާޝާ ހުސައިން ވިދާޅުވީ ރާއްޖޭގައި ދަރިމައިވުމުގެ ވާހަކަ ދެއްކުމަކީ އަދި ވެސް އުނދަގޫ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް