ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ނަސްރީން، ޔޫތުގެ ޑެޕިއުޓީއަކަށް

މިހާރު

2 ޑިސެމްބަރު 2025 | އަންގާރަ | 11:11

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފި އެވެ.

އެއް އަހަރާއި ހަފުތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެނގިފައިވާ ގޮތުގައި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ނަސްރީން ހަމަޖެއްސެވުމުން، އިއްޔެ މަސައްކަތަށް ވަނީ ނުކުމެވަޑައިގެންފަ އެވެ.

މައުޟޫޢުތަށް