ކެޕިޓަލް މޮބިލައިޒޭޝަނާ ގުޅޭ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

މިހާރު

2 ޑިސެމްބަރު 2025 | އަންގާރަ | 2:07

އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިސްނެންގުމަށް އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސްއެމްއައި) އިން ބޭއްވި "ހައި ލެެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި އެމްޑީބީ ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެމްޑީބީތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވި ކުރުން ކަމަށެވެ.

ރައީސް ވަނީ "ޑެޓް-ފޯ-ކްލައިމެޓް" އަދި "ޑެޓް-ފޯ-ނޭޗާ" މަޝްރޫއުތައް ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް