ރާއްޖޭގެ ކުޅިވަރު ތަރައްގީ އަށް ތައިލެންޑުން އެހީ ވަނީ!
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 2:13
ކުޅިވަރުގެ ދާއިރާއިން ތައިލެންޑްގެ އެހީތެރިކަން ހޯދަން އެ ގައުމާ އެކު ރާއްޖޭން އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ތައިލެންޑަށް ކުރެއްވި ދަތުރުފުޅުގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އާދިއްތަ ދުވަހު އެވެ. ތައިލެންޑްގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު އާރްތަކޯރަން ސްރީލަތައިކޯ އެވެ.
ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީ ބުނީ ތައިލެންޑާއެކު ހެދި އެއްބަސްވުމުގެދަށުން ތަފާތު ހަތަރު ދާއިރާއަކުން އެއްބާރުލުން ދޭނެ ކަމަށެވެ.