ތޫފާނުގެ ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 8:26
ތޫފާން ދީތުވާގައި ކުރި ވިއްސާރައިގެ ސަބަބުން ސްރީ ލަންކާގައި ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 410 އަށް އަރާފައިވާ ކަމަށާއި 336 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން މިއަދު ބުނެފި އެވެ.
ތޫފާނުގެ ސަބަބުން ލަންކާގެ 25 ޑިސްޓްރިކްޓަކުން 1.4 މިލިއަން މީހުންނަށް ގެއްލުން ވެފައި ވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ އެއްކޮށް ހަލާކުވެފަ އެވެ.
އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ޕުއްތަލަމް، މަންނާރު އަދި ގަމްޕަހާ ފަދަ އައްސޭރިފަށުގެ ޑިސްޓްރިކްޓްތަކަށެވެ.