ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 8:21
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.
ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ އަދި ނާޒުކު ހާލަތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ. އަދި އެ އެހީއަކީ ދެ ގައުމުގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.