ޑްރަގް ޓްރެފިކިންއަށް އެހީވި ކަމުގެ ކުށުގައި ޖަލަށްލި ހޮންޑިއުރަސްގެ ކުރީގެ ރައީސަށް ޑްރަގާ ދެކޮޅު ޓްރަމްޕު މާފު ދީފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 7:28
އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމުގައި އެހީތެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ގައުމުގައި 45 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު ހުކުމްކުރި ހޮންޑިއުރަސްގެ ކުރީގެ ރައީސް ހުއާން އޮރްލާންޑޯ ހަނާންޑޭޒް އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މާފު ދެއްވައިފި އެވެ.
ހެނާންޑޭޒް ވެސްޓް ވާޖީނިއާގެ ޖަލުން ދޫކޮށްލައި މިނިވަންކޮށްފައިވާކަން އޭނާގެ އަނބިކަނބަލުން ވިދާޅުވެފައި ވާއިރު ހެނާންޑޭޒްގެ ނަމާއި އުމުރާ ދިމާވާ މީހަކު ޖަލުން ދޫކޮށްލިކަން އެމެރިކާގެ ބިއުރޯ އޮފް ޕްރިޒަންސްގެ ވެބްސައިޓުން ވެސް އެނގެ އެވެ.
ހެނާންޑޭޒް އަށް ޓްރަމްޕް މައާފު ދެއްވި އިރު ކެރީބިއަން ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތު ކުރެވޭ ބޯޓުތަކަށް ބޮން އަޅަން ޓްރަމްޕު ގެންދަަވަނީ އަމުރު ކުރައްވަމުންނެވެ. އަދި ހޮންޑިއުރަސްގެ ރިޔާސީ އިންތިހާބުގައި ހެނާންޑޭޒްގެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކޮށް ވެސް ޓްރަމްޕު ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.