އިޒްރޭލާއި ހަމާސް އެއްބަސްވުމުގެ ދެ ވަނަ ފިޔަވައްސަށް އަވަހަށް ގެންދެވޭނެ ކަމަށް ދެކެން: ގަތަރު
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 1:37
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ހަމަޔަށް ގޮސްފައި ވާއިރު ވަރަށް އަވަހަށް ދެ ވަނަ މަރުހަލާ ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް، ސުލްހައިގެ މެދުވެރިޔަކަށް މަސައްކަތްކުރާ ގަތަރުން ބުނެފި އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ދެ ޕާޓީ ވެސް ދެ ވަނަ މަރުހަލާއަށް ވަރަށް އަވަހަށް ގެންދެވޭނެ ކަމަށް،" ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވިދާޅުވި އެވެ.
"އެހެން، ދެން އޮތީ މަސްރަހު ވަރަށް ބޮޑަށް އުނދަގޫވެގެން ހިނގައިދާނެ ކަންތައްތަކެއް. މިސާލަކަށް، [އިޒްރޭލު ސިފައިން ތިބި] ރީނދޫ ރޮނގު ތެރޭގައި ހުރި ބިންގަރާސް ތަކުގައި ތިބި ހަނގުރާމަވެރިންގެ މައްސަލަ އާއި މިހާރު މި އާންމުކޮށް މި ހިނގާ ފަދަ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.