ތަހުގީގަށް އެއްބާރުލުން ނުދީ ފުރައިގެންދާން އުޅުމުން ސަނީ އުމަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

މިހާރު

2 ޑިސެމްބަރު 2025 | އަންގާރަ | 9:18

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ރާއްޖެ އިން ބޭރަށް ފުރައިގެން ދާން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން މިއަދު ހައްޔަރުކޮށްފި އެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އެ ކުއްޖާގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ ތަނުން އެއް ކުއްޖެއްގެ އާއިލާގެ ފަރާތުން ކަމަށް ވެ އެވެ.

ސަނީ އުމަރުގެ މައްސަލަ އާންމުންނާ ހަމައަށް ތިލަވިއިރު، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމުގެ ތުހުމަތު އޮތީ ކޮށްފަ އެވެ. އަދި އޭނާއާ ސުވާލު ކުރަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން އިއްޔެ ހަވީރު ގެންދިޔަ އެވެ. އޭގެ ފަހުން ސަނީ އުމަރު ދޫކޮށްލުމާ އެކު، ދެން އަޑު އެރީ ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ ވާހަކަ އެވެ.

މައުޟޫޢުތަށް