ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އެހީވެފައިވާތީ އެމެރިކާއިން 22 ބިލިއަން ޑޮލަރު ދައްކަން އީރާންގެ ކޯޓަކުން ހުކުމްކޮށްފި

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 7:47

އީރާންގައި 2022 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށް އެމެރިކާއިން އެހީތެރިވި ކަމަށް ބުނެ އެމެރިކާ އިން އީރާނަށް 22 ބިލިއަން ޑޮލަރު ދައްކަން އީރާންގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ޖުޑީޝަރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

އީރާނުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުޒާހަރާތައް ފެށުނީ އިސްލާމީ ހަމަތަކާ ހިލާފަށް ހެދުން އެޅުމުގެ ތުހުމަތަށް ހައްޔަރުކުރި 22 އަހަރުގެ ކުރުދު މަހްސާ އަމީނީ ބަންދުގައި ހުއްޓާ މަރުވި މައްސަލައިގަ އެވެ.

"އީރާންގައި ހިންގާ ވަރަށް ގިނަ ޖަރީމާތަކުގައި އެމެރިކާގެ ބައިވެރިވުން ފެނޭ. 2022 ވަނަ އަހަރު ހިންގި ފިތުނަވެރި އަމަލުތަކުގައި ވެސް ފެނޭ،" ޖުޑީޝަރީގެ ތަރުޖަމާނު އަސްގަރް ޖަހާންގިރް، ހަފްތާގެ ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.

މައުޟޫޢުތަށް