ރިލީސް ނުހޯދައި ލ. ގެ މުބާރާތަށް ދިޔަ ޝަމާއިލް ގައުމީ ޓީމުން ބޭރުކޮށްފި، އެ މުބާރާތް ވެސް ހުއްޓިއްޖެ!
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 10:32
ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން، ގައުމީ ޓީމުން ބޭރުކޮށް އޭނާ އަށް އެޅި ފިޔަވަޅާ އެކު ލ. އަތޮޅުގެ ވޮލީ މުބާރާތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ވީއޭއެމްގެ އޮފިޝަލަކު "މިހަރު" އަށް ވިދާޅުވި ގޮތުގައި ޝަމާއިލަށް ފިޔަވަޅު އެޅީ ގައުމީ ޓީމުން ރިލީސް ނުހޯދައި އަމިއްލަ ފަރާތަކުން ބާއްވާ މުބާރާތެއްގައި ބައިވެރިވުމުންނެވެ.
"ގައުމީ ޓީމުގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން އެއީ މަނާކަމެއް،" ވީއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.