ވަރިކުރީ ރުޅި އައިސްގެން ކަމަށް ބުނެ ހުވާކުރުމުން ވަރިއެއް ނޫން ކަމަށް ފެމިލީ ކޯޓުގެ ގާޒީ ކަނޑައަޅައިފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 7:47
"ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާ ކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުން ކަނޑައަޅައިފި އެވެ.
ރުޅި އައިސްގެން ހުރެ ބުނާ ވަރީގެ ބަހުގެ ސަބަބުން އަނބިމީހާ ވަރިވުން ނުވަތަ ވަރިނުވުމާ މެދު އާއިލާއާ ބެހޭ ގާނޫނާއި ގަވައިދުގައި ވެސް ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ވެސް ވަރި ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ.
"މިހާރު" އަށް ލިބިފައިވާ ރުޅީގެ ވަރިއާ ގުޅޭ މި ހުކުމް އިއްވެވީ ފެމެލީ ކޯޓުގެ ގާޒީ ޒައީމާ ނަޝީދު އަބޫބަކުރެވެ.