ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކޮށްފި

މިހާރު

2 ޑިސެމްބަރު 2025 | އަންގާރަ | 11:57

ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމް ކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް ގެޒެޓް ކުރަން ޖެހެ އެވެ.

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށް ފަހު، ތަންފީޒު ކުރަންޖެހޭ ކަންކަމާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާ އަށް އެ މުއްދަތުގެ ތެރޭގައި އަމަލުކުރުން ލާޒިމް ނޫން ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

މައުޟޫޢުތަށް