ހަރަދު ކުޑަވެ، ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމުގެ އަސަރު ޑެފިސިޓަށް
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 9:01
ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް އޭގެ އަސަރު ހިސާބުތަކަކުން ނުދައްކާ. މިދިޔަ އަހަރާ އަޅާބަލާއިރު، ރިކަރަންޓު ހަރަދުތައް 1.2 ބިލިއަން ރުފިޔާ އިތުރުވެ، ނޮވެމްބަރު 20 ވަނަ ދުވަހާ ހަމައަށް އެ އަދަދު ވަނީ 30 ބިލިއަން ރުފިޔާ އަށް އަރާފައި.
ސަރުކާރުން އަޅަން ފަށާފައިވާ މާލީ އިސްލާހުތަކުގެ ދަށުން، ދައުލަތުގެ ހަރަދުތައް މަދުކޮށް، އާމްދަނީ އިތުރުވުމުގެ ސަބަބުން، މި އަހަރުގެ ބަޖެޓު ޑެފިސިޓް ވެފައިވާ މިންވަރު ދަށްވެފައިވާ ކަން ރަސްމީ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 33.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.5 ޕަސެންޓުގެ އިތުރުވުމެކެވެ.