100،000ރ. އަށް ވުރެ ބޮޑު ޓްރާންސްފާ ފީއެއް ބުރަށް ދެއްކުމަށް ފަހު ނިއުއިން ފައިސަލް ސޮއި ކުރުވައިފި

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 8:56

ބުރު ސްޕޯޓްސްއާ އެކު މި ސީޒަނަށް ނުކުތް ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ނިއު ރޭޑިއަންޓަށް ސޮއި ކޮށްފި އެވެ. ގައުމީ ޓީމުގެ އެއްވަނަ ކީޕަރު، ނިއު އަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކުރިން ބުރަށް ވެސް އޭނާ ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ. ކޮންޓްރެކްޓްގެ ބޮޑުބައެއް އޮއްވައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި 100،000.ރ އަށް ވުރެ ބޮޑު އަދަދެއް ދެއްކުމަށް ފަހު އެވެ.

ކުޅުންތެރިން ކްލަބް ބަދަލު ކުރުމުގައި ޓްރާންސްފާ ފީ އާއި ދެ ކްލަބްގެ ދެމެދުގައި މުއާމަލަތް ކުރުމެއް ނޯވެ އެވެ. ގިނަ ކުޅުންތެރިން ކްލަބް ބަދަލު ކުރަނީ ކޮންޓްރެކްޓް ހަމަވުމުން ނުވަތަ ކްލަބުން ދޫކޮށްލަން ބޭނުންވުމުން އެއްވެސް ޓްރާންސްފާ ފީއަކާ ނުލަ އެވެ. ދެ ކްލަބްގެ ދެމެދުގައި މުއާމަލާތްކޮށް އެންމެ ބޮޑު ޓްރާންސްފާ ފީ އެއްދައްކައި، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އަގު ބޮޑް ޓްރާންސްފާގެ ރެކޯޑް ވެސް އޮތީ ނިއު އަތުގަ އެވެ.

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވީބީ ސްޕޯޓްސްގައި ހުއްޓައި ޑިސެމްބަރު 2012 ގައި ނިއު އިން އޭނާ ސޮއި ކުރުވީ ޓްރާންސްފާ ފީގެ ގޮތުގައި މިލިއަނަކާ ގާތްކުރާ ވަރުގެ އަދަދެއް ވީބީ އަށް ދިނުމަށް ފަހު އެވެ.

މައުޟޫޢުތަށް