ސައުދީ އަަރަބިއްޔާއިން ފަލަސްތީނަށް 90 މިލިއަން ޑޮލަރު ދީފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 9:24
ސައުދީ އަރަބިއްޔާއިން ފަލަސްތީނަށް 90 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދީފި އެވެ.
ސައުދީ ޝާހީއާއިލާއާ ގާތް ގުޅުމެއް އޮންނަ ސައުދީ ގެެޒެޓް ނޫހުން ބުނީ ސައުދީ ސަރުކާރުން ފަލަސްތީނަށް ދިން 90 މިލިއަން ޑޮލަރުގެ އެހީ، އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ ސައުދީ އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވާ ކަމަށެވެ.
އެ އެހީ ފަލަސްތީނުގެ އެކްޓިން މިނިސްޓަ އޮފް ފިނޭންސް އިސްތަފާން ސަލާމާއާ ހަވާލުކޮށްދެއްވީ އުރުދުންގައި ހުންނަވާ ސައުދީ ސަފީރު އަމީރު މަންސޫރު ބިން ހާލިދެވެ. އެ ނޫހުން ބުނި ގޮތުގައި މިއީ ފަލަސްތީނަށް މިއަހަރު ދޭން ސައުދީން ވައުދުވި އެހީގެ ތެރެއިން ބައެކެވެ.