ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ތެރޭގައި އަބަދަކު ނުތިބެވޭނެ: އިހުސާން
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 10:24
ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނުވަތަ ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އިއްޔެ ފެށި "ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުން އުންމީދު ކުރަނީ ނަތީޖާ ކަމަށާއި އެހެންވެ ބޭނުންވަނީ އެ ނަތީޖާ ކަމަށެވެ.
އޭނާ ވިދާޅުވީ، ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ހިދުމަތުގައި އަބަދުމެ ނުތިބެވޭނެ ކަން ފުލުހުންނަށް ވާނީ އަންގައިފަ އެވެ.