ރަންދީޕަށް ކުއްޖަކު ލިބެނީ
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 10:51
ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހޯޑާގެ އަންހެނުން ލިން ލައިޝްރަމް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
ފޭނުންނަށް އެ ޚަބަރު ހިއްސާކުރީ ރަންދީޕް މިދިޔަ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެއީ އެ ދެމަފިރިންގެ ކައިވެނީގެ ދެވަނަ އަހަރީ ދުވަހެވެ.
"ލޯބީގެ ދެ އަހަރު، ތަފާތު ތަޖުރިބާއެއް، އަދި މިހާރު... މި ދިރިއުޅުމަށް އިތުރު ބައިވެރިއަކު އެބަ އާދޭ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.