ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި ގާޒީ ފާއިޒު ވަކިކުރަން މަޖިިލިހުން ފާސްކޮށްފި

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 11:13

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފާއިޒު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ ކޮމިޓީން އިއްޔެ ވަނީ އޭނާ ވަކިކުރަން ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ، ފާއިޒު މަގާމުން ވަކިކުރަން ފެނޭތޯ މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހީ އެވެ.

ގާޒީ ކަމުން ފާއިޒު ވަކިކުރަން ފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވި އެވެ. އޭނާ ވަކިކުރަން ނުފެންނަ ވޯޓު ދެއްވީ 8 މެމްބަރެކެވެ.

މައުޟޫޢުތަށް