އެޗްއާރުސީއެމްގެ މެމްބަރުކަމަށް ރަމީލާ އައްޔަންކުރައްވައިފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 11:22
އެޗްއާރުސީއެމްގެ މެމްބަރުކަމަށް، ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރަމީލާއަށް ހަވާލުކުރައްވައިފަ އެވެ.
އޭނާ ވަނީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާ އަދި ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.