އެންމެ އަވަހަށް ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކުރި ކުޅުންތެރިއަކަށް ހާލަންޑް
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 12:44
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރި ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީއަށް ކުޅޭ ފޯވާޑް އާލިން ހާލަންޑް ވެއްޖެ އެވެ.
މެންޗެސްޓާ ސިޓީ ރޭ ރަށުން ބޭރުގައި 5-4 އިން ފުލަމް ބަލިކުރި މެޗަކީ 2022 ވަނަ އަހަރު ސިޓީއަށް ބަދަލުވެ، ހާލަންޑް ޕްރިމިއާ ލީގުގައި ކުޅުނު 111 ވަނަ މެޗެވެ. މި މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހީ އޭނާ އެވެ.
މީގެ ކުރިން ޕްރިމިއާ ލީގުގައި އެންމެ އަވަހަށް މި އަދަދު ހަމަކުރީ ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޕްރިމިއާ ލީގުގެ ލެޖެންޑަރީ ފޯވާޑް އެލަން ޝެއަރާ އެވެ. ނަމަވެސް އޭނާ އެ ރެކޯޑް ހެދީ ނިއުކާސަލް އަށް ބަދަލުވުމުގެ ކުރިން ބްލެކްބާން ރޯވާސްއާ އެކު، 124 މެޗުންނެވެ. އޭނާ ވަނީ ބްލެކްބާންއާ އެކު ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.