ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއް ބަންދުކޮށްފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 2:06
ގަވައިދާ ހިލާފަށް ވިޔަފާރިކުރާ މީހުން ހޯދަން ހިންގި އޮޕަރޭޝަންގައި ހަ ތަނެއް ބަލައި ފާސްކޮށް، ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ބަންދުކުރި ތަނުން މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ދުންފަތުގެ ބާވަތްތައް މިހާރު ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ.