25،000 މަސްދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް ފުރައިފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 12:54
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް ހިފައިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓެއް ރޭ ފުރައިފި އެވެ.
އެސްޓީއޯ އިން ބުނީ 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން އެމްއެސްއެސްގެ ބޯޓު ގަލޭނާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދިއުމަށް ރޭ ދަންވަރު ފުރާފައިވާ ކަމަށެވެ.
އެމްއެސްއެސް ގަލޭނާއަކީ އެ ކުންފުނިން 2021 ވަނަ އަހަރު ގަތް ފުރަތަމަ އަމިއްލަ ބޯޓެވެ.