ޑްރަގު ކުށްތަކުގައި ދޭ އުމުރު ދުވަހުގެ އަދަބަކީ 25 އަހަރުގެ ބަދަލުގައި މަރުވަންދެން ކަމަށް ބަދަލުކޮށްފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 1:07
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ މަރުވަންދެން ޖަލުގައި ހުރުން ކަމަށް ކަނޑައެޅި.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބަދަލުތަކާ އެކު، މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެ ބިލްގައި ކަނޑައެޅި އެވެ.