ޑޯޓްމަންޑް ކަޓުވާލައި ލެވަކޫސަން ޖަރުމަން ކަޕް ކުއާޓާ އަށް
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 1:12
ބެޔާ ލެވަކޫސަން އަތުން 1-0 އިން ބަލިވެ ބޮރޫޝިއާ ޑޯޓްމަންޑް، ޖަރުމަން ކަޕްގެ ގަދަ 16 އިން ކަޓައިފި އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެވަކޫސަންގެ ހަމައެކަނި ލަނޑު 34 ވަނަ މިނިޓުގައި ޖަހައިދިނީ، ޖަރުމަންގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު، މިދިޔަ އަހަރު އަލްޖީރިއާގެ ގައުމީ ޓީމަށް ކުޅެން ފެށި ފޯވާޑް އިބްރާހިމް މާޒާ، 20، އެވެ.
މިދިޔަ އަހަރު ޒަބީ އޮލޮންސޯގެ ކޯޗުކަމުގައި ޖަރުމަން ކަޕް ކާމިޔާބު ކުރި ލެވަކޫސަން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އޭގެ ކުރީ ދެ އަހަރު ޗެމްޕިއަންކަން ހޯދި އާރުބީ ލައިޕްޒިގް ވަނީ ރޭ 3-1 އިން ދެވަނަ ޑިވިޝަންގެ މަގްޑިބާގް ބަލިކޮށް ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ.