ތޫފާނުގެ ގެއްލުން އާރާސްތުކުރަން ހަތް ބިލިއަން ޑޮލަރު ބޭނުންވޭ: ލަންކާ

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 12:30

ތޫފާނު ދީތުވާގައި އެކި ގެތަކާއި މަގުތަކާއި އެކި އިންޑަސްޓްރީތަކަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސްރީ ލަންކާއިން މިއަދު ބުނެފި އެވެ.

ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 465 އަށް އަރައިފަ އެވެ. އަދި ގެއްލިފައިވާ 366 މީހުން ފެނިދާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ އަންދާޒާއަކީ އަލުން އިމާރާތް ކުރުމަށް ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރާއި ހަތް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޭނުންވާނެ ކަމަށް،" އެސެންޝަލް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވި އެވެ.

މައުޟޫޢުތަށް