ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން އެމްއެފްޑީއޭގެ ދެ މުވައްޒަފަކަށް ދައުވާ

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 3:48

ހެލްތު ސެޓްފިކެޓާ ނުލައި ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރަން ކްލިއަރެންސް ދިން މައްސަލައެއްގައި އެމްއެފްޑީއޭގެ ދެ މުވައްޒަފެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޕޯޓު ކްލިއަރެންސްގައި އުޅުނު އެމްއެފްޑީއޭގެ ފީލްޑު އޮފިސަރުންތަކެއް، ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި ކަނޑާއި ވައިގެ މަގުން އެތެރެ ކޮށްފައިވާ ޝިޕްމަންޓްތަކަކަށް މިދިޔަ މާޗު މަހު ކްލިއަރެންސް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ ދަފްތަރު 9244، އަހުމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.

މައުޟޫޢުތަށް