ޝަމްއާން މައްސަލައިގެ ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން: މިނިސްޓަރު

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 7:37

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ފުލުހުން ލަސްނުކޮށް ފޯރުކޮށްދޭން އިމިގްރޭޝަންގައި އެދުނީ އެ ދެ ތަނާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމްއާނަށް ކުރާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި މި މައްސަލަގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރު ހެކިބަސް ދެމުން އެ މީހާ ބުނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަން އޭނާ އަށް އެންގީ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ކަމަށެވެ.

އަދި އޭނާ އަށް އައިސީޓީ ސެކްޝަންގެ ހެޑް، ގުޅުއްވާފައި، ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރަން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގެންފައިވާތީ އެކަން ކުރުމަށް އެންގި ކަމަށް ބުންޏެވެ.

މައުޟޫޢުތަށް