ރުޅީގެ ވަރި، ވަރިއަށް ނުވުމަކީ އެއްވެސް މީހެއްގެ ހައްގެއް ގެއްލޭ ކަމެއް ނޫން: ކުރީގެ ފަނޑިޔާރު ސަމީރު
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 5:58
ރުޅި އައިސްގެން ހުރެ ކުރާ ވަރި ބައެއް ހާލަތްތަކުގައި ވަރިއަކަށް ނުވާނެކަމަށް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުން ނިންމި ނިންމުމަކާ މެދު އުފެދުނު ބަހުސުގެ ތެރޭގަ އެވެ.
އާއިލީ ގިނަ މައްސަލަތަކެއްގައި ހުކުމް ކަނޑައަޅުއްވާފައިވާ ކުރީގެ ފަނޑިޔާރު ވިދާޅުވީ ކަންކުރާ މީހާގެ ނިޔަތް ދެނެގަތުމަކީ، އިސްލާމީ ޝަރީއާގައި އޮންނަ ހަމައެއް ކަމަށާއި އަދި ކަންކުރާ މީހާގެ ނަފްސާނީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް މީހުން ކުރާ ބައެއް ކަންކަމަށް އަދަބު ނުދީ ދޫކޮށްލުމަކީވެސް އިސްލާމީ ޝަރީއާ ބަލައިގަންނަ ހަމައެއް ކަމަށެވެ.