މާލޭ ސިޓީ ކައުންސިލްގެ ޖަލްސާ ހޫނުވެ، ސީރިއަސް ތުހުމަތުތަކަކާ އެކު އާޒިމާއި ނަހުލާގެ ބޮޑު ކޯޅުމެއް!

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 9:10

މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމަކާ ގުޅޭ ލިޔެކިޔުންތަކެއް ނަހުލާ ވީދާލި މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅުއްވާފައިވާ ކަމަށް.

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމަކާ ގުޅޭ ލިޔެކިޔުންތަކެއްގެ މައްސަލާގައި މޭޔަރު އާދަމް އާޒިމާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެކަކު އަނެކަކަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި، އެ ދެބޭފުޅުންގެ ދެމެދުގައި ބޮޑު ކޯޅުމެއް މިއަދު ހިނގައިފި އެވެ.

އޮޅުވާލައިގެން ބިން ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސިޓީ ކައުންސިލުން ސޮއިކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ނަހުލާ ވަނީ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ ބަހުސް ފެށުމުގެ މާ ކުރިން ނަހުލާގެ ނަން ވިދާޅު ނުވެ، މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިމަކާ ގުޅޭ ލިޔެކިޔުންތަކެއް ކައުންސިލަރަކު އިރާލި މައްސަލައެއް ތަހުގީގުކުރަން ފުލުހުންނާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މައުޟޫޢުތަށް