ގަން ކަނުއަނދިރީގައި، އެސްޓިމޭޓަކީ މިރޭގެ ދަންވަރު 12 އަށް ކަރަންޓު ފޯރުކޮށްދީ ނިންމުން

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 7:56

ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ރޯވެ، އެއް އިންޖީނު ހަލާކުވެ އެ ރަށުން އެއްކޮށް ކަރަންޓު ގޮސްފައިވާއިރު، ހުރިހާ ގެއަކަށް ކަރަންޓުދީ ނިންމައިލެވޭނީ މިރޭގެ ދަންވަރު 12 ޖަހާކަންހާއިރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެ އެވެ.

މިއަދުގެ މެންދުރުފަހު ތިނެއް ޖަހަނިކޮށް ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގަމު އިންޖީނުގެ ހިންގާ އިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. ގަމުގެ ތިން އަވަށަށް ވެސް ކަރަންޓު ދެމުން އަންނަ އިންޖީނުގޭގައި ރޯވުމުން މެންދުރުފަހުން ފެށިގެން ކަރަންޓެއް ނެތެވެ.

އެމްޑީ ނަޖާހް "މިހާރު" އަށް މިރޭ ވިދާޅުވީ، މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކައިގެ ޓީމުތަކުން މިހާރު ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މިރޭގެ ދަންވަރު 12 ޖަހަންވާއިރަށް މުޅި ގަމަށް ކަރަންޓުދީ ނިންމައިލުން ކަމަށެވެ.

މައުޟޫޢުތަށް